logo
banner image

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ނ. މަނަދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި މަނަދޫ ކުޑަކުދިންގެ ޕާކުގެ މަސައްކަތާއި، މަނަދޫގައި ޤާއިމްކުރެވޭ ޕަބްލިކް ވަރކްސް ޔުނިޓުގެ މަސައްކަތާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން މަނަދޫ ސްޓޭޓް ހައުސްގެ ހާލަތާއި ބެހޭގޮތުންނާއި އެ ރަށުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ އައު ކައުންސިލް އިދާރާގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އާދަމް ޝަރީފް ޢުމަރު އަރިހުގައި، ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ނ. އަތޮޅު ހިމެނޭ ކުލަސްޓަރ ބެލެހެއްޓެވުމާއި ޙަވާލުވެ ހުންނެވި ޑެޕިޔުޓީ މިނިސްޓަރ ސިމާން ހާދީ ބައިވެރިވެވަޑައިނެވިއެވެ. މަނަދޫ ކައުންސިލް މެމްބަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރ ޙުސްނީ މުބާރަކްވެސް ބައްދަލުވުމުގައި ބައިވެރިވެލެއްވިއެވެ.