ވެށީގައި އުޅޭ ސޫފާސޫފި ޕެސްޓަކަށް ބަދަލުވުމާއި، އެސޮރުމެންގެ އާބާދީ މެނޭޖުކުރުން (1 ވަނަ ބައި)
ވެށިކަމުގައި ބުނެވެނީ ދިރުން ހުރި ތަކެތީގެ ދިރުމަށާއި، އެތަކެތި ވުޖޫދުވުމަށާއި، ތަރައްޤީވުމަށް އަސަރުފޯރުވާ ޤުދުރަތީ ގޮތުން އުފެދިފައިވާ، އަދ މަޞްނޫޢީގޮތުން އިންސާނުން ހަދާފައިވާ ތަކެތީގެ ވަށައިގެން އޮންނަ ސަރަޙައްދަށެވެ. އަދި އެސަރަޙައްދުގައިވާ މާއްދީ އަދި ޙަޔަވީ ޢުންސުރުތައް/ބަހާތަކުގެ އިތުރުން އެބަހާތަކާ އިންސާނުންނާ ދެމެދު އޮންނަ ގުޅުންވެސް ޝާމިލުވެއެވެ. މިގޮތުން އިންސާނުންގެ ދިރިއުޅުމަށް އެތަކެތިން ކުރާ އަސަރުވެސް މީގެތެރޭގައި ހިމެނެއެވެ.
ވެށީގައި ހިމެނޭ ޙަޔަވީ ބަހާތަކަކީ އިންސާނުންނާއި، ޖަނަވާރާއި، ގަސްގަހާގެއްސާއި، އެހެނިހެން ދިރުންތަކެވެ. މާއްދީ ބަހާތަކަކީ ބިމާއި، ފެނާއި، ޖައްވާއި، މޫސުމެވެ. ދިރުން ހުންނަ ތަކެއްޗާއި، ދިރުން ނުހުންނަ ތަކެތި ވެށީގައި ހިމެނޭއިރު ދިރުން ހުންނަ ތަކެތީގެ ތެރޭގައި އެތަކެއްޗަށް ބޭނުން ކާނާ އަމިއްލައަށް އުފައްދާ ދިރުންތައް ހިމެނެއެވެ. މިއީ ގަސްގަހާގެއްސެވެ. އަނެއް ބާވަތަކީ އެހެން ބާވަތްތަކުގެ ދިރުންތައް ކައިއުޅޭ އެއްޗިއްސެވެ. މިއީ، އާއްމުގޮތެއްގައި ޖަނަވާރުގެ ވައްތަރުތަކެވެ.
މާޙައުލީ ނިޒާމުގެ މަފުހޫމަކީ ގަސްގަހާގެއްސާއި، ދިރޭ ތަކެއްޗާ ދެމެދު އޮންނަ ގުޅުމާއި، އެކަތި އަނެކެއްޗާއި އަދި އެތަކެތީގެ ވަށައިގެންވާ މާޙައުލާ އެގުޅުން ލާމެހިފައިވުމެވެ. ޚާއްޞަގޮތެއްގައި އެތަކެތި އަމިއްލައަށް އުޅެވޭ ގޮތަށެވެ. މާޙައުލީ ނިޒާމުގެ ތެރޭގައި ވުޖޫދުވެފައިވާ ދިރުންތައް ވަކިޚާއްޞަ ގިންތިތަކަކަށް ދެނެގަނެވިފައިވެއެވެ. މިގޮތުން، އެތަކެތި ކައިއުޅުމުގެ އާދަޔަށާއި، ކައިއުޅޭ ގޮތަށް ބަލައިގެން ތިރީގައި މިވާގޮތަށް ގިންތިކުރެވެއެވެ.
- - ގަސްގަހާގެހި: އުފެއްދުމުގައި އެންމެ ފުރަތަމަ ޝާމިލުވާ ދިރުންތައް.
- ފަތްޕިލާވެލި ކާ ސޫފާސޫފި: ކެއުމުގައި އެންމެ ފުރަތަމަ ޝާމިލުވާ ދިރުންތައް.
- މަސް ކާ ސޫފާސޫފި: ކެއުމުގައި ދެވަނައަށް ނުވަތަ ތިންވަނައަށް ޝާމިލުވާ ދިރުންތައް.
- ފީކުރާ ފަނިފަކުސަ: ވެށީގައި ހުންނަ ދިރުންތައް މަރުވުމަށްފަހު އެތަކެތި ފީކޮށް، ފަނާކުރާ ކަވި ދިރުންތައް
- ކުނިވެފައިވާ/ފީވެފައިވާ ތަކެތި ކާ ސޫފާސޫފި: ވެއްޓާބެހޭ މަޢުލޫމާތު ދެނެގަތުމުގައި އެތައް ދާއިރާތަކެއް ދިރާސާކުރެވެއެވެ. މީގެ އަސާސީ ސިފަތަކަކީ މިބިމުގައިވާ ހުރިހާ އުންސުރުތަކަށް މަގުދައްކައިދިނުމެވެ. މިގޮތުން މިމަޢުލޫމާތު ދެނެގަތުމުގައި ފާހަގަކޮށްލެވޭ މައިގަނޑު ނުކުތާތަކަކީ:-
- ޤުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުން.
- ޙަޔަވީ ސިންދަފާތު (ތަފާތު ދިރުންތައް) ހިންގާ، ބެލެހެއްޓުން.
- ހުއްދަ ހުދޫދެއްގައި ހިފެހެއްޓުމަށް ވެށި ތަޣައްޔަރުވުން ކޮންޓްރޯލުކުރުމާއި، އެކަން ހިންގައި ބެލެހެއްޓުން.
ނުނިމޭ..........