logo
banner image

ސައުދީ ސަފީރު، ވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް

ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖޭއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހިޒްއެކްސެލަންސީ ޔަޙްޔާ ބިން ޙަސަން އަލް-ޤަޙްޠާނީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ގުޅޭ ދާއިރާތަކުން ވަނީ މަޝްވަރާކުރައްވާފައެވެ.

އެގޮތުން މި ބައްދަލުވުމުގައި ދަނޑުވެރިކަމާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، އަދި ޖަނަވާރުތަކުގެ ދުޅަހެޔޮކަމުގެ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.