މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ހދ. މަކުނުދޫ ކައުންސިލާ ބައްދަލުކުރައްވައިފި
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ހދ. މަކުނުދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުން އޮތީ ސްޓެލްކޯގެ ޓްރޭނިންގ ރޫމުގައެވެ.
މި ބައްދަލުކުރެއްވުމުގައި މަކުނުދޫ ކައުންސިލްގެ އިދާރާގެ ޖާގައިގެ ދަތިކަމާއި ގުޅިގެން ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ރަށުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
މިއަދު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އަރިހުގައި، ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ހދ. އަތޮޅު ހިމެނޭ ކުލަސްޓަރ ބެލެހެއްޓެވުމާއި ޙަވާލުވެ ހުންނެވި ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ހަސަން ބައިވެރިވެވަޑައިނެވިއެވެ.