logo
banner image

ކީރިތި ޤުރްއާން ކިޔެވުމުގެ 37ވަނަ ޤައުމީ މުބާރާތުގައި ބައިވެރީން ރަޖިސްޓަރީކުރުމުގެ ފުރުސަތު ހުޅުވައިލައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ 37ވަނަ ޤައުމީ މުބާރާތުގައި ބައިވެރީން ރަޖިސްޓަރީކުރުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މި މުބާރާތުގައި ބައިވެރީން ރަޖިސްޓަރީކުރުމުގެ ފުރުސަތު ހުޅުވައިލައިފައިވަނީ 13 ޖުލައި 2025އިން 17 އޮގަސްޓު 2025ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރީން ރަޖިސްޓަރީކުރާން ހަމަޖެހިފައިވަނީ ވަންގަވް މެދުވެރިކޮށެވެ.

މި އަހަރުގެ ޤައުމީ ޤުރުއާން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު މަހު 18ވަނަ ދުވަހުއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ސަރުކާރުން ވަރަށް އިސްކަމެއްދެއްވައިގެން ކުރިއަށް ގެންދަވާ މުބާރާތެކެވެ. މި ދިޔަ އަހަރުން ފެށިގެން މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ބައިވެރީންނަށް ރަނގަޅު އިނާމުތަކެއް ލިބޭނެ މުބާރާތަކަށް ހައްދަވާން ސަރުކާރުން ވަނީ ނިންމައިފައެވެ.

ބައިވެރިން ރަޖިސްޓްރީ ކުރާ ލިންކު: https://one.gov.mv/entities/CHQ