logo
banner image

ދަރަނބޫދޫގައި ހައިޑްރޮޕޯނިކްސް ޕްރޮގަރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

މި ވުޒާރާގެ ފަރާތުން ފ.ދަރަނބޫދޫގައި ހައިޑްރޮޕޯނިކްސް ޕްރޮގަރާމް ކާމިޔާބުކަމާއެކު ނިންމާލާފިއެވެ.

މި ޕްރޮގްރާމުގެ ދަށުން އެރަށުގެ 10 ފަރާތަކަށް ހައިޑްރޮޕޯނިކްސް ނިޘާމާއި ގްރީންހައުސް، މި ވުޒާރާގެ އެހީތެރިކަމާއެކު ޤާއިމްކޮށް، ވަނީ ހަވާލުކުރެވިފައެވެ. އެގޮތުން ސިސްޓަމްތައް ލިބުނު ކޮންމެ ފަރާތަކަށްވެސް ކެއުމުގައި ބޭނުންކުރާ ފާތާއި ތަރުކާރީ އިންދުމަށް އެއް ސިސްޓަމާއި މެލަން އިންދުމަށް ސިސްޓަމްއެއް ވަނީ ފޯރުކޮށްދީފައެވެ.

،ހައިޑްރޮޕޮނިކްސް ސިސްޓަމް ލިބުނު 10 ފަރާތްތައް ހިމެނޭހެން، ޖުމްލަ 29 ބައިވެރިން ވަނީ ހައިޑްރޮޕޮނިކްސް ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

މިފަދަ ހައިޑްރޮޕޮނިކްސް ޕްރޮގެރާމެއް މިއަހަރުގައި އދ.އޮމަދޫގައި ވެސް ވަނީ ފުރިހަމަކަމާއެކު ކުރިއަށް ގެންގޮސްފައެވެ.