މަސްވެރިންގެ ކުރިއެރުމަކީ ޤައުމުގެ ތަރައްޤީ
މަސްވެރިންގެ ކުރިއެރުމަކީ ގައުމުގެ ތަރައްޤީއޭ ބުނުމަކުން އެއީ ދޮގަކަށް ނުވާނެއެވެ. މަސްވެރިކަމަކީ މީގެ 44 ވަރަކަށް އަހަރު ކުރިން ފެށިގެން ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބު ކަމުގައި ވެފައިވަނީ މަންފާ ލިބޭކަމެއްގެ އިތުރުން ގަދަރުވެރި، ފަޚުރުވެރި މަސައްކަތެތްކަން އަންގައި ދިނުމުގެ ގޮތުންނެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަނީ ރާއްޖޭގެ މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިންގެ މަސައްކަތްތަކަށް ތަރުޙީބުދިނުމުގެ މަގްސަދުގައެވެ. އެހެން ކަމުން މި ދުވަސް ރާއްޖޭގައި ފުރަތަމަ ފާހަގަކޮއްފައި ވަނީ 1981 ވަނަ އަހަރުގެ ޑިސެންބަރު މަހު 10 ވަނަ ދުވަހު އެވެ. އެދުވަހުން ފެށިގެން މިއަދާ ހަމަޔަށް މަސްވެރިކަމުގެ ދުވަސް ސަރުކާރުން އަންނަނީ ކުލަގަދަކޮށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެކު ފާހަގަ ކުރަމުންނެވެ.
މިހާރު ރާއްޖޭގައި މަސްވެރިކަން ކުރަމުން އަންނަނީ ޒަމާނީ އާލާތްތަށް ބޭނުންކޮއްގެން ވަރައް ފަސޭހައިގައެވެ.ގިނަވަގުތު މަސް ތާޒާކޮށް ދޯނީގައި ބެހެއްޓޭނެހެން އާރު.އެސް.ޑަބްލިއު ސިސްޓަމްތައް ހަރުކުރެވި އޭގެ ފަސޭހަކަން ވެސް މިއަދު މިވަނީ މަސްވެރިންނަށް ލިބިފައެވެ.
އަދުގެ ސަރުކާރުން މަސްވެރި ސިނާއަތަށް މިވަނީ ވަރައްވެސް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވާފައެވެ. އެގޮތުން ބާނާ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރުމާއި މަސްވެރިންނަކީ މިހާރު ދައުލަތުގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ބައެކެވެ. މަސްވެރިންނަކީ ރަސްމީ ވަޒީފާއެއް އަދާކުރާ ބައެއްގެ ގޮތުގައި ކަނޑައަޅައި ބޭންކުތަކާއި ދައުލަތުގެ މުއައްސަސާތަކުގައި ވަޒީފާ އަދާކުރައްވާ އެހެން ފަރާތްތަކަށް ލިބިދެވޭ ފުރުޞަތުތަކުން މަސްވެރިން މަޙްރޫމްނުވާނެ ގޮތް ހެއްދެވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެކެވެ. އެގޮތުން މިހާރު ބީއެމްއެލް އިން މަސްވެރިންނަށްވެސް ލޯނު ލިބޭނެ މަގު ވަނީ ފަހިކޮށްދީފަ އެވެ. މަސްވެރިންގެ ސިނާއަތް ވަރުގަދަ ކުރުމަށްޓަކާ މިނިސްޓރ ޝިޔާމް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް މިއަދު މަސްވެރިން މަރުހަބާ ކިޔައެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސްވެސް ވެގެންދާނީ ފާހަގަކޮއްލެވޭނެ ދުވަހެއްގެ ގޮތުގައެވެ. ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރާތާ މިއަހަރަށް 45 އަހަރު ވާނެއެވެ.