logo
banner image

ށ. އަތޮޅުގެ ބައެއް ދަނޑުވެރިން ހދ. މަކުނުދޫ ގްރީން ހައުސްއަށް ޒިޔާރަތް ކުރުން

މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމް (މެޕް) އިން ހދ. މަކުނުދޫގައި ޤާއިމް ކޮށްފައިވާ ގްރީންހައުސްއަށް ށ. އަތޮޅުގެ ބައެއް ރަށްތަކުގެ ދަނޑުވެރިން ޒިޔާރަތްކޮށްފިއެވެ.

މިމަހުގެ 4 އަދި 5 ގައި ށ. ބިލެއްފަހި، ށ.ފޭދޫ އަދި ށ. ފީވަކުގެ ދަނޑުވެރިން ކުރި ތަޖްރިބާ ދަތުރަކީ ގްރީން ހައުސްގައި ދަނޑުވެރިކަންކުރުމަށް އަޙުލުވެރިކުރުމަށްޓަކައި މެޕްގެ ފަރާތުން އިންތިޒާމް ކުރި ދަތުރެކެވެ.

‎މި ދަތުރުގައި ގްރީންހައުސްގައި ދަނޑުވެރިކަން ކުރާގޮތާއި އޭގެ ފައިދާ އަދި މަސައްކަތުގައި ހަރަކާތްތެރިވާގޮތް މަކުނުދޫގެ ދަނޑުވެރިންގެ ފަރާތުން ދަތުރުގެ ބައިވެރިންނަށް ހިއްސާކުރެވުނެވެ.

މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމް (މެޕް) އިން އަންނަނީ ރާއްޖޭގައި ޒަމާނީ ، ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ޤާއިމު ކުރުމަށްޓަކައި ދަނޑުވެރިންނަށް ތަފާތު ތަމްރީނާއި ހުނަރުތަކުގެ ޕްރޮގްރާމަތައް ހިންގަމުންނެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ 12 ރަށެއްގައި ގްރީން ހައުސްތައް ވަނީ ޤާއިމް ކޮށްފައެވެ. އަދި 11 ރަށެއްގައި ގްރީން ހައުސްތަށް ކާމިޔާބުކަމާއިއެކު އަންނަނީ ހިންގަމުންނެވެ.