logo
banner image

އިސްރަށްވެހިންގެ ނާދީގައި ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފި

ދިވެހިން މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމުގެ ދަންފަޅިއެއް އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންގޮސްފިއެވެ.

މި ދަންފަޅި ނަންގަވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޡް އައްޝައިޚް ޢާޒިމް ޚާލިދުއެވެ. މި ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވަނީ 'އިސްލާމީ ޝަރީޢަތުގައި ޚާއްސަ ސިފަތައް - ރައްބާނިއްޔަތު' މި މަޢުޟޫއުއަށެވެ.

އިސްރަށްވެހިންގެ ނާދީއާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ގުޅިގެން އިސްރަށްވެހިންނަށް ދީނީ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.