އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އަލްޙާފިޡް މުޙައްމަދު ނައިސަމް ނަސީމްއާއި ބައްދަލުކުރައްވައިފި
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ޙާފިޡުކަމުގެ އިމްތިހާން ނިންމާ ފުރިހަމަ ކާމިޔާބީއެއް ހޯދެއްވި އަލްޙާފިޡް މުޙައްމަދު ނައިސަމް ނަސީމްއާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްްވުން އޮތީ މިއަދު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ނައިސަމްގެ ކާމިޔާބީއަށް މަރުހަބާ ދަންނަވާ، ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ހިއްވަރު ދެއްވާފަައެވެ.
އަލްޙާފިޡް މުޙައްމަދު ނައިސަމް ނަސީމް ޤުރުއާން ހިތުދަސް ކުރެއްވުމަކީ ވަރަށް ޚާއްސަ ކަމެއްކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.