'އިސްލާމީ ނަޒަރަކުން މަސައްކަތުގެ އަޚުލާޤު' ނަމުގައި ފުލުހުންނަށް ހާއްސަ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފި
'އިސްލާމީ ނަޒަރަކުން މަސައްކަތުގެ އަޚުލާޤު' ނަމުގައި ފުލުހުންނަށް ހާއްސަ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އެކި ދުވަސްތަކުގެ މައްޗަށް ބަހާލައިގެން ހުޅުމާލޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ ދަންފަޅިތަކުގައި 82 ފުލުހުން ބައިވެރިވެފައިވާއިރު ވިލިމާލޭގައި ކުރިއަށް ގެންދެވުނު ދަންފަޅިތަކުގައި 16 ފުލުހުން ވަނީ ބައިވެރިވެފައެވެ.
މި ދަންފަޅިތައް ނަންގަވައިދެއްވީ އައްޝައިޚް ޢަބްދުލް ޤާދިރު، އައްޝައިޚް ޢަބްދުﷲ މިފްޒާލް، އައްޝައިޚް މުޙައްމަދު ސާމީ އަދި އައްޝައިޚް އަތީފް އަބޫބަކުރުއެވެ.
އެކި މުއައްސަސާތަކަށް އަމާޒުކޮށްގެން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ދީނީ ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށް ގެންދަމުންނެވެ.