މިނިސްޓަރ އާދަމް ޝަރީފު އުމަރު ހދ. ނޮޅިވަރަންފަރު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފި
މިނިސްޓަރ އާދަމް ޝަރީފު އުމަރު ހދ. ނޮޅިވަރަންފަރު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ރަޝީދު ބައިވެރިވަޑައިގެންނެވިއެވެ.
މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާގެ މަސައްކަތާއި، ފެރީ ޓާރމިނަލަށް ފެނާއި، ނަރުދަމާގެ ޚިދުމަތްގުޅުމުގެ މަސައްކަތާ ބެހޭ ގޮތުން މަޝްވަރާކުރެވިފައި ވެއެވެ.
މިނިސްޓްރީގެ ފަރާތުން މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ހދ. އަތޮޅު ހިމެނޭ ކުލަސްޓަރގެ ފަރާތުން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ޙަސަން ނިޒާރު ބައިވެރިވެލެއްވިއެވެ.