logo
banner image

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ގދ. ނަޑެއްލާ ކައުންސިލާ ބައްދަލުކުރައްވައިފި

މިނިސްޓަރ އާދަމް ޝަރީފު އުމަރު ގދ. ނަޑެއްލާ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި ނަޑެއްލާ ކައުންސިލްގެ އިދާރާގެ ވަށާފާރު ރޭނުމާއި އަދި ގުދަނެއް އެޅުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

މީގެ އިތުރުން ރަށުން އަލަށް ގޯތި ދޫކޮށްފައިވާ ސަރަޙައްދުގެ މަގުތައް ސާފުކުރުމުގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޝަމީޒް ބައިވެރިވަޑައިގެންނެވިއެވެ.

މިނިސްޓްރީގެ ފަރާތުން މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފް ޢުމަރުގެ އަރިހުގައި ގއ، ގދ. ކްލަސްޓަރ ކަންކަން ބަލަހައްޓަވައި ސްޓޭޓް މިނިސްޓަރ އައްޝައިޚް ޠާހާ ނަޢީމާއި، އަތޮޅު ކޯޑިނޭޓްކޮށް ބަލަހައްޓަވައި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުޙައްމަދު އަސްޢަދު ބައިވެރިވެލެއްވިއެވެ.