ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމް އަދި ހައި އެޗީވަރސް ސްކޮލަރޝިޕް 2024 އަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ވަނީ މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖާގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕް އަދި ހައި އެޗީވަރސް ސްކޮލަރޝިޕް 2024 އަށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.
މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕް އަދި ހައި އެޗީވަރސް ސްކޮލަރޝިޕް 2024 އަށް ހުށަހަޅާނީ މައި-އެޑިޔު ޕޯޓަލް މެދުވެރިކޮށެވެ. (https://myedu.egov.mv/)
ހައި އެޗީވަރސް ސްކޮލަރޝިޕަށް ހުށަހަޅަންޖެހޭ ލިޔެކިޔުން:
1. ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭ ފަރާތެއްކަން ކަނޑައަޅައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޫކުރި ލިޔުން.
2. 2024 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާނު ނިންމުމުން ލިބިފައިވާ ސެޓްފިކެޓްތަކުގެ ދެފުށުގެ ކޮޕީ.
3. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސި މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައި އޮތްކަން އެނގޭ ސެޓްފިކެޓްގެ ދެފުށުގެ ކޮޕީ .
4. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
5. މުއްދަތު ހަމަނުވާ ޕާސްޕޯޓްގެ ޑޭޓާ ޕޭޖްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ކިޔަވާނަމަ).
6. ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގެ ފީ ސްޓްރަކްޗަރ (ލިބިފައި ވާނަމަ).
7. އަންކޮންޑިޝަނަލް އޮފަރ ލެޓަރ (ލިބިފައި ވާނަމަ).
8. ޔުނިވަރސިޓީ ޕްލޭސްމަންޓާ ގުޅޭ ލިޔުންތައް (ލިބިފައި ވާނަމަ).
9. ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ). ރެކޮގްނައިސްކުރާކަމުގެ ލިޔުން.
10. ފުރިހަމަކުރަން އެދޭ ޕްރޮގްރާމަކީ އެ ޕްރޮގްރާމްގެ ދާއިރާއިން ރާއްޖޭގައި މަސައްކަތް ކުރުމުގެ ލައިސަންސް/ ހުއްދަ ދޭން ހަމަޖެހިފައިވާ ދާއިރާއެއްގެ ޕްރޮގްރާމެއްނަމަ އެ ލައިސަންސް/ހުއްދަ ދޭ ފަރާތުގެ ލިޔުން.
މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕަށް ހުށަހަޅަންޖެހޭ ލިޔެކިޔުން:
1. މަތީ ސާނަވީ އިންތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ފަރާތެއްކަން ކަނޑައަޅައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޫކުރި ލިޔުން.
2. 2024 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާނު ނިންމުމުން ލިބިފައިވާ ސެޓްފިކެޓްތަކުގެ ދެފުށުގެ ކޮޕީ.
3. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސި މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައި އޮތްކަން އެނގޭ ސެޓްފިކެޓްގެ ދެފުށުގެ ކޮޕީ .
4. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
5. މުއްދަތު ހަމަނުވާ ޕާސްޕޯޓްގެ ޑޭޓާ ޕޭޖްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ކިޔަވާނަމަ).
6. ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގެ ފީ ސްޓްރަކްޗަރ (ލިބިފައި ވާނަމަ).
7. އަންކޮންޑިޝަނަލް އޮފަރ ލެޓަރ (ލިބިފައި ވާނަމަ).
8. ޔުނިވަރސިޓީ ޕްލޭސްމަންޓާ ގުޅޭ ލިޔުންތައް (ލިބިފައި ވާނަމަ).
9. ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ). ރެކޮގްނައިސްކުރާކަމުގެ ލިޔުން.
10. ފުރިހަމަކުރަން އެދޭ ޕްރޮގްރާމަކީ އެ ޕްރޮގްރާމްގެ ދާއިރާއިން ރާއްޖޭގައި މަސައްކަތް ކުރުމުގެ ލައިސަންސް/ ހުއްދަ ދޭން ހަމަޖެހިފައިވާ ދާއިރާއެއްގެ ޕްރޮގްރާމެއްނަމަ އެ ލައިސަންސް/ހުއްދަ ދޭ ފަރާތުގެ ލިޔުން.
މި ސްކޮލަޝިޕްގައި ކިޔެވުން ފުރިހަމަކުރުމަށް މި މިނިސްޓްރީން ކޮށްދިނުމަށް އެ ސްކޮލަރޝިޕްގެ އުޞޫލުގައި ކަނޑައަޅައިފައިވާ ކަންކަން ފުރިހަމަކުރުމަށް އެދި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއަށް ހުށަހެޅުމުގެ ސުންގަނޑިއަކީ 30 ސެޕްޓެމްބަރ 2026 އެވެ.