ބުރާސްފަތި ދުވަހު ބޭއްވި އިސްރަށްވެހިންނަށް މައުލޫމާތު ދިނުމުގެ ސެޝަން!
އިސްރަށްވެހިންނަށް އަމާޒުކޮށް މައުލޫމާތު ދިނުމުގެ ސެޝަނެއް މިދިޔަ ބުރާސްފަތި ދުވަހު ބާއްވައިފިއެވެ.
މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އެދުވަހުގެ ހަވީރު 16:00 އިން 17:30އަށް އިސްރަށްވެހިންގެ ނާދީގައެވެ.
މި ސެޝަންގައި ރުޅީގެ ފަހަތުގައިވާ އިހްސާސް ދެނެގަތުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ މައުލޫމާތު ދީފައެވެ.
މިދިޔަ އަހަރުގެ އިތުރުން މިދިޔަ އަހަރު ވެސް އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ސެޝަންތަކުގައި އާއިލީ ގުޅުންތައް ގާއިމްކުރުމުގެ މުހިންމުކަމާއި އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ މުހިންމުކަމާއި މުއާމަލާތް ކުރުމުގައި ކަނުލާ އަޑުއެހުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ ބައިވެރިންނާއެކު މަޝްވަރާކޮށްފައެވެ.
މި ސެޝަންތައް ކުރިއަށްގެންގޮސްފައިވަނީ މި މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއާ ގުޅިގެންނެވެ.