ހެކްސްޓަރ ގްލޯބަލާއެކުވީ އެއްބަސްވުން ބާޠިލްކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް ބަލައިނުގަތުމުން: މިނިސްޓަރ
މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލާއެކުވީ އެއްބަސްވުން ބާޠިލްކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް ބަލައިނުގަތުމުން ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މި ކަން ހާމަކުރެއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އަދި މި ކަމާ ގުޅިގެން މިއަދު އެ މަނިކުފާނު ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ އިތުރު ފަރާތްތަކުގެ ބިޑްތައްް އިވެލުއޭޓުކުރުމަށްފަހު އެހެން ގުރޫޕަކަށް އެ މަސައްކަތް ޙަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ހެކްސްޓަރ ގްލޯބަލްގެ އެއްބަސްވުން ބާޠިލުކުރިއަސް އެ ފަރާތަށް ބަދަލު ދޭން ނުޖެހޭނެ ކަމަށް މިނިސްޓަރކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ކޮންޓްރެކްޓަރ ފައިނޭންސިންގ އުޞޫލުން އެޅުމަށް ހަމަޖެހިފައިވާ މި 55 ކައުންސިލްގެ ތެރެއިން ބައެއް ކައުންސިލްތަކުގެ ބިންގާ ވެސް މިހާރު ވަނީ އެޅިފައެވެ. މިއީ ޖާގައިގެ ގޮތުން ތަނަވަސް އަދި ޒަމާނީ ވަޞީލަތްތައް ވެސް ގާއިމްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ކައުންސިލް އިދާރާތަކެކެވެ.
ކައުންސިލް އިދާރާ ބިނާކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.