ޙާފިޡުކަމުގެ ސަނަދު ޚާސިލްކުރި ދެ ޙާފިޡަކާއި، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައިފި
ޙާފިޡުކަމުގެ ސަނަދު ޚާސިލްކުރި ދެ ޙާފިޒަކާއި، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.
ވަޒީރު މިއަދު ބައްދަލުކުރައްވާފައިވަނީ އަލްޙާފިޡް ޢާކިފު ޢަބްދުއްސައްތާރު ( ނިރު، ނ.މާފަރު)، އަލްޙާފިޡު މުޙައްމަދު ޢިޔާން ޢަލީ އާދަމް (ޔާގޫތުގެ، ނ.ފޮއްދޫ) އާއެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ޙާފިޡުކަމުގެ ސަނަދު ޙާސިލްކުރެއްވިކަމަށްޓަކައި މަރުޙަބާ ދަންނަވާ، ހިއްވަރު ދެއްވާފައެވެ. އަދި ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ވަޒީރު ވަނީ ޙާފިޡުންނަށް ނަސޭހަތްތެރިވެލައްވާފައެވެ.