logo
banner image
ޚާރިޖީ ވުޒާރާ

މަލާވީގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލް މަލާވީގެ ޚާރިޖީ ވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

މަލާވީގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ނޭންސީ ތެމްބޯ އަށް، ޚާރިޖީ ވަޒީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވަފިއެވެ.

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ކަމަނާއަށާއި، މަލާވީގެ ސަރުކާރަށާއި ރައްޔިތުންނަށް، މިނިވަން ދުވަހާ ގުޅިގެން ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ.

އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އެއްބާރުލުން ދީގެން، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމެވެ.

އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."