logo
banner image

ހަނިމާދޫ ސްކޫލް ޔޫ.ކޭ.ޖީ ދަރިވަރުން އެގްރިކަލްޗަރ ސެންޓަރަށް

ހަނިމާދޫ ސްކޫލް ޔޫ.ކޭ.ޖީގައި ކިޔަވަމުންދާ ދަރިވަރުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް މައިދާނީ ދަތުރެއް ކޮށްފިއެވެ.

މިއީ އެރިވަރުން ކިޔަވަމުންދާ (ކާނާ ޔުނިޓް) އާއި ގުޅިގެން، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ކުރި މައިދާނީ ދަތުރެކެވެ.

މިދަތުރުގައި ދަރިވަރުންނަށް މޭވާ އާއި ތަރުކާރީގެ ބާވަތްތައް ބުނެދީ، ގަސްތައް ދައްކާލުމުގެ އިތުރުން ގަސް ހައްދާނެގޮތް ކިޔާ ދީފައިވެއެވެ. މި ދަތުރުގައި 32 ދަރިވަރުން ބައިވެރިވެފައިވެއެވެ.

ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމުގައި އެންމެ މުހިންމު އެއްކަމަކީ ޅަ އުމުރުގައި ކުދިންގެ ހިތްތަކުގައި ދަނޑުވެރިކަމަށް ޝައުޤު އުފައްދާ އަހުލުވެރިކުރުވުމެވެ.