logo
banner image

އުތުރުގެ 12 ރަށެއްގައި ގްރީންހައުސް ޤާއިމްކޮށްފި

ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަން ދަނޑުވެރިންނަށް ތަޢާރަފް ކުރުމުގެ ގޮތުން އުތުރުގެ 12 ރަށެއްގައި ގްރީންހައުސްތައް ޤާއިމްކުރެވިއްޖެއެވެ.

މިއީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއި އިފާޑް ގުޅިގެން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ކުރިޔަށްގެންދާ މަސައްކަތެކެވެ.

މި ގްރީން ހައުސްތަކުގައި ކިއުކަމްބާ ، މެލަން، މިރުސް އަދި ކެޕްސިކަމް ފަދަ ތަކެތި ހެއްދުމުގެ ތަމްރީނުތައް ކުރިއަށްގެންދެވިފައިވެއެވެ. އެގޮތުން 12 ރަށުގެ ތެރެއިން މިހާތަނަށް 11 ރަށެއްގައި ގްރީންހައުސްގެ ހަރަކާތްތައް ކުރިޔަށް ގެންދެއެވެ. އެރަށްތަކަކީ

ހދ. މަކުނުދޫ

ހދ. ނޭކުރެންދޫ

ހދ. ނޮޅިވަރަމްފަރު

ހދ. ވައިކަރަދޫ

ހއ. ކެލާ

ހއ. އުލިގަމު

ހއ. މޮޅަދޫ

ހއ. ފިއްލަދޫ

ށ. ނަރުދޫ.

ށ. ގޮއިދޫ

ށ. ފޯކައިދޫ

ގްރީން ހައުސްތައް ޤާއިމްކޮށް ދަނޑުވެރިން ޒަމާނީ ދަނޑުވެރިކަމަށް އަހުލްުވެރި ކުރުމުގެ އިތުރުން، ދަނޑުވެރިކަމުގައި ކުރިއަރައި ދިއުމަށް ބޭނުންވާ ތަފާތު ތަމްރީންތައްވެސް ދަނޑުވެރިނަށް މެޕް އިން އަންނަނީ ފޯރުކޮށްދެމުންނެވެ.