ށ. ނަރުދޫގައި ގްރީން ހައުސް ފަންނީ ތަމްރީންތައް ކުރިއަށް ގެންގޮސްފި
ށ. ނަރުދޫގެ ގްރީން ހައުސް ޓެކްނިކަލް ތަމްރީނު ކުރިއަށް ގެންގޮސްފިއެވެ.
މިއީ މޯލްޑިވްސް އެގްރިބިޒްނެސް ޕްރޮގްރާމް(މެޕް) އިން ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފަށައިގެން ގެންދާ ސިލްސިލާ ތަމްރީންތަކެކެވެ.
ނަރުދޫގައި ކުރިޔަށްގެންދިޔަ ތަމްރީންތަކުގައި މިރުސް އިންދުމުގެ އަމަލީ މަސައްކަތާއެކު، ތިއޮރީ ( ނަޒަރިއްޔާތު) ކްލާސްތައްވެސް ކުރިއަށް ގެންދެވުނެވެ.
މެޕުން އަންނަނީ ދަނޑުވެރިކަމުގެ ސިނާއަތަށް އައު އީޖާދުތައް ރާއްޖެއަށް ތަޢާރަޕްކޮށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާނެގޮތްތައް ދިވެހި ދަނޑުވެރިންނަށް ދަސްކޮށްދީ، ދަނދުވެރިކަމުން ނަފާ ހޯދާނެ ގޮތްތަކުގެ ތަމްރީން ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދަމުންނެވެ. އަދި ދަނޑުވެރިކަމުގެ ސިނާއަތަށް އައު އީޖާދުތައް ރާއްޖެއަށް ތަޢާރަޕްކޮށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާނެގޮތްތައް ދިވެހި ދަނޑުވެރިންނަށް ދަސްކޮށްދީ، ދަނދުވެރިކަމުން ނަފާ ހޯދާނެ ގޮތްތަކުގެ ތަމްރީން ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދަމުންނެވެ.