logo
banner image

ވަޒީރު ޑރ. ޢާއިޝަތު ޝިހާމް، ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން ކުރިއަށް ގެންދިޔަ ޗެރިޓީ އިވެންޓް ޝަރަފުވެރި ކޮށްދެއްވައިފި

ވަޒީރު ޑރ. ޢާއިޝަތު ޝިހާމް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން ކުރިއަށް ގެންދިޔަ ޗެރިޓީ އިވެންޓް ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

މި ހަރަކާތަކީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ 70 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިގޮތުން ދަރިވަރުންގެ އުފެއްދުންތެރިކަން ތަރައްޤީކޮށް، އެކަކު އަނެކަކަށް އެހީތެރިވުމާއި އަޅައިލުމުގެ ސިފަ އަށަގެންނެވުމުގެ މަޤްޞަދުގައި ބޭއްވުނު މި ހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުންދާ ފިޔަވައްޗަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން އިސްނަންގަވައިގެން މިފަދަ ހަރަކާތެއް ހިންގެވީތީ، މި ވުޒާރާގެ ފަރާތުން ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަމެވެ.