logo
banner image

ބައިނަލްއަޤްވާމީ މިންގަނޑަށް ދިވެހި ބަނދަރުތައް ހިންގާތޯ ބެލުމަށް އެމެރިކާ ކޯސްޓްގާޑުން މަޝްވަރާތައް ފަށައިފި

އެމެރިކާ ކޯސްޓްގާޑުން ރާއްޖޭގައި ގާއިމްކޮށް އޮޕަރޭޓްކުރަމުންދާ އިންޓަރނޭޝަނަލް ބަނދަރުތައް ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ހިންގާތޯ ބެލުމަށްޓަކައި، ކޮންމެ އަހަރަކު ކުރިއަށް ގެންދާ ޕްރޮގްރާމުގެ މަޝްވަރާތައް މިއަހަރު ފަށައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދަނީ މިނިސްޓްރީގެ ކަމާބެހޭ ބޭފުޅުންނާ އެމެރިކާ ކޯސްޓްގާޑުގެ ޓީމާ ދެމެދުގައެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ބަނދަރުތަކުގެ ސަލާމަތީ އިންތިޒާމުތަކާއި ހިންގުން، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްތޯ ކަށަވަރުކުރުމެވެ. މި ދިރާސާއިން ދިވެހިރާއްޖޭގެ ބަނދަރުތަކުގެ ސަލާމަތީ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވެދޭނެކަމަށް ބެލެވެއެވެ.