logo
banner image

ރ. އަތޮޅު އާރް.ޓީ.އެލް ފެރީގެ އަގުތައް ގެޒެޓްކޮށް، ޓިކެޓު ނެގޭނެ އިންތިޒާމު ހަމަޖައްސައިފި

     މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ރ. އަތޮޅުގައި ދެމުންދާ އާރް.ޓީ.އެލް (ރާއްޖެ ޓްރާންސްޕޯޓް ލިންކް) ފެރީގެ ޚިދުމަތަށް ކަނޑައަޅާފައިވާ އަގުތައް މިހާރު ވަނީ ގެޒެޓްކޮށްފައެވެ. މި ޚިދުމަތަށް ޓިކެޓު ނެގުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފައެވެ. 

ގެޒެޓް ކުރެވިފައިވާ އަގުތަކުގެ ލިސްޓް https://gazette.gov.mv/iulaan/348024      މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން، އާރް.ޓީ.އެލް މޯބައިލް އެޕްލިކޭޝަން އާއި ވެބް ޕޯޓަލް މެދުވެރިކޮށް  މެދުވެރިކޮށް ފެރީގެ ޓިކެޓުނެގޭނެ އިންތިޒާމު ވެސް ވަނީ މިހާރު ހަމަޖެހިފައެވެ. މިއީ ރ. އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތްތައް ފަސޭހަކޮށްދިނުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެކެވެ. 

     ރައްޔިތުން މި ޚިދުމަތަށް އަހުލުވެރިކުރުވުމުގެ ގޮތުން 02 ޖުލައި 2025 (ބުދަ) ދުވަހުގެ ނިޔަލަށް ވަނީ ހިލޭ ދަތުރުތަކެއް ކުރިއަށްގެންގޮސްފައެވެ. މިއަށްފަހު، 03 ޖުލައި 2025 (ބުރާސްފަތި) ދުވަހުން ފެށިގެން ރ. އަތޮޅުގައި އާރް.ޓީ.އެލް ފެރީ ދަތުރު ކުރާނީ އަގު ނަގައިގެންނެވެ. މި ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އެމް.ޓީ.ސީ.ސީގެ ހޮޓްލައިން 1650 އަށް ގުޅުއްވުމަށް އެދިފައިވެއެވެ.