އެފް.އާރ.އެސް.އިން ކައިމޫ މޯލްޑިވްސްގެ ދެ ރިސޯޓެއްގެ މުވައްޒަފުންނަށް ފަޔަރ ބްރިގޭޑް ކޯހެއް ހިންގައިފި
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކައިމޫ މޯލްޑިވްސްގެ ދެ ރިސޯޓުކަމަށްވާ ސަމަރ އައިލެންޑް މޯލްޑިވްސް އަދި އެނބޫދޫ ވިލެޖުގެ މުވައްޒަފުންނަށް އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހެއް ހިންގައިފިއެވެ.
މި ކޯސް ނިންމުމުގެ ގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލު (އެފްއާރްޓީއެސް) ގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް މުޙައްމަދު ނަދީމް އިބްރާހީމެެވެ.
އެފްއާރްޓީއެސްގައި ޖޫން 21އިން 30އަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ސަމަރ އައިލެންޑް މޯލްޑިވްސްގެ 10 މުވައްޒަފުންނާއި އެނބޫދޫ ވިލެޖުގެ މުވައްޒަފުން ބައިވެރިވިއެވެ.
މި ކޯހުގައި އުނގަންނައިދިން ބައިތަކުގެ ތެރޭގައި ފަޔަރ ބިހޭވިއަރ، ޕޯޓަބަލް ފަޔަރ އެކްސްޓިންގްއިޝަރސް، އިންސިޑެންޓް މެނޭޖްމަންޓް ސިސްޓަމް، ޕޯޓަބަލް ފަޔަރ ޕަމްޕް، ފަޔަރ ރޯޕްސް އެންޑް ނޮޓްސް، ފަޔަރ ޑިޓެކްޝަން އެންޑް އެލަރމް ސިސްޓަމްސް، ފަޔަރ ސްޓްރީމް، ފަޔަރ ހޯސް، އަދި ފަޔަރ ފައިޓަރ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ހިމެނެއެވެ.
މި ކޯހުގައި ކުލާސްތައް ނަގައިދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.