logo
banner image

ގާލްސް ތަމްރީންތައް އިހަވަންދޫ އަދި ފުނަދޫގައި

ދަނޑުވެރިން ތަމްރީން ކުރުމަށް ހިންގާ ތަމްރީން ޕްރޮގްރާމަތަކުގެ ތެރެއިން އުތުރުގައި ހިންގާ ގާލްސް ތަމްރީންތައް ހއ. އިހަވަންދޫ އަދި ށ. ފުނަދޫގައި ވަނީ ފަށާފައެވެ.

މިއީ އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މި މިވުޒާރާއިން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމުގެ ދަށުން، އުތުރުގެ 3 އަތޮޅެއްގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިޔަށް ގެންދާ ޕްރޮގުރާމެކެވެ.

ގާލްސް ޓްރެއިނިންގ ޕްރޮގްރާމްއަކީ އަމިއްލަ ނަފްސު ބާރުވެރިކުރުމާއި އެކު މުޖުތަމަޢު ބާރުވެރުކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ޓްރެއިނިންގ ޕްރޮގްރާމއެކެވެ. އެގޮތުން މި ތަމްރީންތަކުގައި ބައިވެރިންނަށް ތަސައްވަރެއް ޤާއިމްކުރުމަށާ، އެ ތަޞައްވަރަށް ވާޞިލުވުމުގައި ހުރި ފުރުސަތުތަކާއި ގޮންޖެހުންތައް ދެނެގަނެ ހުރަސްތަކުން އަރައިގަތުމަށް ޕްލޭނެއް ތައްޔާރުކުރުމާއި، ވިޔަފާރިއެއް ފަށާ ނަމަ ވިސްނަންޖެހޭ ކަންކަމާއި މިންތީގެ ހަމަހަމަ ކަމަކީ ކޮބައިކަންވެސް ބައިވެރިންނަށް އެނގިގެން ދާނެއެވެ.