މުލަކަތޮޅު ކޮޅުފުށީގައި ރިސާލަތު ޕްރޮގުރާމް ހިންގަވައިފި
ރައްޔިތުންގެ މެދުގައި ދީނީ ސައްޙަ މަޢުލޫމާތު ފެތުރުމަށް ޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހިންގަވާ ރިސާލަތު ޕްރޮގުރާމާއި ނަމާދަށް ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާ ނަމާދު ޕްރޮގުރާމް ތ. ބުރުނީގައި ހިންގަވައިފިއެވެ.
މި ޕްރޮގްރާމުގެ ދަށުން ސްކޫލް ދަރިވަރުންނަށާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ބުރުނީގައި ވަނީ ރިސާލަތު ޕްރޮގުރާމް ހިންގަވައިފައެވެ. މި ޕްރޮގުރާމުގެ ދަންފަޅިތައް ނަންގަވައިދެއްވީ އައްޝައިޚް އަޙްމަދު ޝުއައިބެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިސާލަތުގެ ދަށުން ތަފާތު އެކި ޕްރޮގުރާމުތައް ހިންގަވަމުންނެވެ. އަދި މި އަހަރު މުޅީން އަލަށް ފެށި ނަމާދު ޕްރޮގުރާމު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އަހަރު ހިންގަވަމުން އެބް ގެންދަވާކަން ފާހަގަކޮށްލެވެއެވެ.