logo
banner image

މަޑަވެލި ދާއިރާގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން ވަޒީރު ރާފިޢު މަޝްވަރާކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒްއާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައްދަލުކުރައްވައިފިއެވެ.

ކުޅިވަރު ވުޒާރާގައި އޮތް މި ބައްދަލުވުމުގައި މަޑަވެލި ދާއިރާގެ މެންބަރު ވަނީ އެ ދާއިރާގެ ރަށްތަކުގައި ކުރިއަށްދާ ކުޅިވަރު މަޝްރޫޢުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. މެންބަރު މުޙައްމަދު ޝަމީޒް ވަނީ ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

މިގޮތުން މިވަގުތު އެ ރަށުގައި ހުރި ކުޅިވަރު ދަނޑުތަކަށް ބޭނުންވާ ސާމާނު ހޯދުމާއި، މިހާރު ކުރިއަށްދާ މަޝްރޫޢުތައް ނުހުއްޓި ކުރިއަށްގެންދިޔުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ވަޒީރު ރާފިޢު ވަނީ މަޑަވެލި ދާއިރާގެ ކުޅިވަރުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވިދާނެކަންކަމާއި، އެ ދާއިރާއަށް ބޭނުންވާ ކުޅިވަރުގެ އިތުރު ވަސީލަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.