ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ކޮންގް ޝިއަންހުއާ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު ބަންޑާރަނައިބުގެ އޮފީހުގައެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖެ އާއި ޗައިނާ އާ ދެމެދު މަންފާކުރާނެ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މިއަދުގެ ބައްދަލުވުމުގައި ބަންޑާރަނައިބު އުޝާމް ވަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށް އެހީތެރިވުމަށް ޗައިނާގެ ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
އޭގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ވަނީ ރާއްޖެއާ ޗައިނާއާ ދެމެދުގައި އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.