logo
banner image
ދިފާޢީ ވުޒާރާ

އަމީރު އަޙްމަދު ސްކޫލުގެ ދަރިވަރުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލަށް ޒިޔާރަތްކޮށްފި

އަމީރު އަޙްމަދު ސްކޫލުގެ ޕްރީ ކަބްގެ ދަރިވަރުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލަށް މިއަދު ޒިޔާރަތްކޮށްފިއެވެ.

އެ ސްކޫލުގެ 32 ދަރިވަރުން ކުރި ޒިޔާރަތުގައި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުން ވަނީ އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން އެ ކުދިންނާ ގުޅޭގޮތަށް ކިޔަވައިދިީފައެވެ. އަދި އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން ބީއޭ ގެލެރީ ދެއްކުމާއި އެ ކުދިންނަށް ފޮޓޯ ނެގުމުގެ ފުރުޞަތުވަނީ ދީފައެވެ.

ދަރިވަރުންނަށް މަޢުލޫމާތު ދީފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.