އުފާވެރިކަމުގެ މިންގަނޑުގެ ދާއިރާތައް ކަނޑައެޅުމާ ބެހޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
އުފާވެރިކަމުގެ މިންގަނޑު (ހެޕިނެސް އިންޑެކްސް)ގެ ދާއިރާަތައް ކަނޑައެޅުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ މުވައްޒަފުންގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއަދު އޮތް މި ބައްދަލުބުމުގައި މަޝްވަރާކުރެވިފައިވަނީ އުފާވެރިކަމުގެ މިންގަނޑުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ ދާއިރާތައް ފައިނަލްކުރުމާ ގުޅޭ ގޮތުންނެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި، މިނިސްޓްރީގެ ވެރިންނާއި، އެކި ޑިޕާޓްމަންޓްތަކުގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.