logo
banner image

ވަޒީރު ޑރ. މަރްޔަމް މާރިޔާ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ އަށް ޒިޔާރަތް ކުރައްވައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.

އެކަމަނާ އެސެންޓަރަށް ޒިޔާރަތް ކުރެއްވީ ހދ. އަދި ހއ. ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ޒިޔާރަތުގައި ވަޒީރު ވަނީ އެގްރިކަލްޗަރ ސެންޓަރގައި ދަނޑުވެރިކަމުގެ އެކި މަޝްރޫއުގެތެރެއިން ހައްދާފައިވާ ގަސްތައް ބައްލަވާލައްވަވާ، އެ މަޝްރޫޢުތަކާއި ބެހޭ މަޢުލޫމާތުތައް އޮޅުންފިލުވާފައެވެ.

މީގެ އިތުރުން މި ޒިޔާރަތުގައި ވަޒީރުވަނީ އެ ސެންޓަރުގެ މުވައްޒަފުންނާއިއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.