logo
banner image

ވަޒީރު ޑރ. މަރްޔަމް މާރިޔާ ހަނިމާދޫ ކައުންސިލާއި ބައްދަލުކުރައްވައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، ހދ. އަދި ހއ ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހަނިމާދޫ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަނިމާދޫ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި ފުޑްސެކިއުރިޓީއަށް، ހަނިމާދޫގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އެކަންކަން ކުރުމަށް ކައުންސިލަށް ކުރިމަތިވާ ގޮންޖެހުންތަށް ވަޒީރާއި ހިއްސާކުރެއްވިއެވެ. އަދި މި ވުޒާރާ އާއިގުޅިގެން މަސައްކަތްކުރުމާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ވަޒީރު ހއ. އަދި ހދ ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، އެރަށްރަށުގައި ކުރިޔަށްގެންދާ ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ބައްލަވައިލައްވައި، އިތުރަށް ކުރެވޭނެކަންކަން ބެއްލެވުމެވެ.