logo
banner image

މެންބަރު ސައުދުގެ ވާހަކަފުޅާ ގުޅިގެން އެލްޖީއޭގެ ދައުރާ ގުޅޭ ގޮތުން މިނިސްޓަރ ވިދާޅުވެފައިވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ގެންދަވަނީ ޤާނޫނީ ޒިންމާ އަދާކުރައްވަމުން ކަމަށެވެ.

ނަމަކަށް ކައުންސިލަރުން ތިބޭނަމަ، ދެ ވަނަ ދައުރަކަށް އެ ކައުންސިލަރުން، ރައްޔިތުން ހޮވާނެ ކަމަށް ޤަބޫލުނުކުރެވޭ ކަމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މި ފަދައިން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރ މި ޕޯސްޓު ކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ގދ. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. މިއަދުގެ މަޖްލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ސަޢުދުﷲ ޙިލްމީ ވިދާޅުވީ ގިނަ ރަށްތަކުގައި ކައުންސިލަރުން ތިބެނީ ނަމަކަށް ކަމަށާއި، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ވެސް އޮންނަނީ ނިދާފައި ކަމަށެވެ.