logo
banner image

ފުޑް ސެކިއުރިޓީގެ ޤައުމީ މަޝްރޫޢު ފެށުމަށް ބޭނުންވާ ބިން ހަވާލުކުރުން

ފުޑް ސެކިއުރިޓީ ގެ ޤައުމީ މަޝްރޫޢު ފެށުމަށް ބޭނުންވާ ބިން, ގއ. ކޮނޑޭ ކައުންސިލުން، މި ވުޒާރާ އާއި ހަވާލުކުރުމުގެ ރަސްމިއްޔާތު ބާވައިފިއެވެ.

މިއަދު ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާގައި ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި މި ވުޒާރާގެ އިސްވެރިން ބައިވެރިވިއެވެ. އަދި ގއ. ކޮނޑޭ ކައުންސިލުގެ މެންބަރުން ބައިވެރިވިއެވެ.

ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ކޮނޑޭ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެރަށުު ކައުންސިލްގެ ރައީސް އަޙްމަދު އަބްދުލްކަރީމް އެވެ. މި ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްޓަރީ މުޙައްމަދު އަނީސް އެވެ.

ރާއްޖޭގައި ޤައުމީ ފެންވަރުގައި ފުޑް ސެކިއުރިޓީ މަޝްރޫޢުއެއް ގއ ކޮނޑޭގައި ގާއިމް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ގެ ވަޢުދުފުޅެކެވެ.