logo
banner image

ސާބާ ކޮލިފައިންގައި ޒުވާން ޓީމުން ދައްކަމުން އަންނަ ކުޅުން ފާހަގަކޮށް ވަޒީރު ރާފިޢު ޓީމަށް ހިތްވަރުދެއްވައިފި

މިމަހުގެ 12 އިން 16 އަށް މާލޭ ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދާ ފީބާ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ވާދަކުރާ 16 އަހަރުން ދަށުގެ އަންހެން ޓީމާ ބައްދަލުކުރަައްވައި އެޓީމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ހިތްވަރުދެއްވައިފިއެވެ.

ސްރީލަންކާ އާއި ރާއްޖެ ބައްދަލުކުރި މެޗު ނިމުމަށްފަހު ޓިމްގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލުކުރައްވާ ވަޒީރުވަނީ ހިތްވަރު ދެއްވާފައެވެ.

މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ހުރިހާ ކުޅުންތެރިންވެސް މަސައްކަތްކުރެއްވުމަށް ހިތްވަރުދެއްވަމުން ވަޒީރު ވިދާޅުވީ ކޮންމެ މެޗެއްގައިވެސް ކޯޗުންގެ އިރުޝާދާ އެއްގޮތަށް ހެދޭ ގޯސްތައް ރަނގަޅުކޮށްގެން މަސައްކަތްކުރުމަކީ މުހިންމުކަމެއްކަމަށެވެ.

އަދި ޓީމެއްގެ ގޮތުގައި ރަނގަޅު ޑިސިޕްލިންއާއެކު މުބާރާތުގެ ހުރިހާ ކަމެއް ކުރިއަށްގެންދިޔުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.