މިންތީގެ މަފްހޫމް ތަކަށް ހޭލުންތެރި ކުރުމުގެ ސެޝަންތަކެއް ށަވިޔަނީގެ ދެ ރަށެއްގައި
މިންތީގެ މަފްހޫމްތަކަށް ހޭލުންތެރި ކުރުމުގެ ސެޝަންތަކެއް ށ. އަތޮޅުގެ ދެ ރަށެއްގައި ކުރިޔަށްގެންގޮސްފިއެވެ.
މިއީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޕްރޮގްރާމް (އިފާޑް) އާއި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެން ކުރިޔަށް ގެންދިޔަ ސެޝަންތަކެކެވެ.
މިމަހުގެ 10 ވަނަ ދުވަހު ށ.ކަނޑިތީމްގައި މި ސެޝަން ބޭއްވިއިރު 14 ބައިވެރިން ވަނީ ބައިވެރިވެއެވެ. އަދި މި މަހުގެ11 ވަނަ ދުވަހު
ށ. ގޮއިދޫގައި ކުރިޔަށް ގެންދިޔަ ސެޝަންގައި 9 ބައިވެރިންވަނީ ބައިވެރިވެފައެވެ.
މިންތީގެ މަފްހޫމްތަކަށް ހޭލުންތެރި ކުރުމުގެ ސެޝަން ގައި އަލި އަޅުވާލާފައިވަނީ
- މިންތިއާއި ޖިންސްގެ ތަފާތު
- ސޯޝަލައިޒޭޝަންއަކީ ކޮބައިކަން
- އިކުއަލިޓީ އަދި އިކުއިޓީގެ ތަފާތު
- ބާރުވެރިކުރުމަށް ކޮބައިކަން
- ޖެންޑަރ ސްޓީރިއޮޓައިޕިންގ އަކީ ކޮބައިކަން
- އިންޓަރސެކްޝަނަލިޓީ
- ދިވެހިރާއްޖޭގައި އަންހެނުންގެ ހާލަތު
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް(މެޕް) އިން އަންނަނީ ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ކަމާއި ގުޅުންހުރި އެކި ތަމްރީންތަށް ފޯރުކޮށްދެމުންނެވެ. އަދި ދެމެހެއްޓެނެވި، ޒަމާނީ ދަނޑުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.