logo
banner image
ދިފާޢީ ވުޒާރާ

ޢީދު ފާހަގަކުރުމަށް މަރަދޫގައި ބޭއްވި ކުޑަކުދީންގެ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެ

އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ މަރަދޫގައި ބޭއްވި ކުޑަކުދީންގެ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ.

މަރަދޫ ބަނދަރު ސަރަހައްދުގައި ޖޫން 13ވަނަ ދުވަހު ބޭއްވި ކުޑަކުދީންގެ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ވަނީ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އެ އުޅަނދަށް އަރައި ފޮޓޯ ނެގުމުގެ ފުރުސަތު، އެ ސަރަހައްދަށް ޒިޔާރަތްކުރި ކުދީންނަށް ފަހިކޮށްދީފައެވެ.

މި ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކުރިއަށްގެންދިޔަ ހަރަކާތްތަކަށް ކުޑަކުދީންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.