logo
banner image
ދިފާޢީ ވުޒާރާ

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ޗައިނާ އެމްބަސީގެ މުވައްޒަފުންނަށް ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ޗައިނާ އެމްބަސީގެ މުވައްޒަފުންނަށް ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ހިންގައިފިއެވެ.

ޖޫން 12ވަނަ ދުވަހު ޗައިނާ އެމްބަސީގައި ކުރިއަށްދިޔަ މި ޕްރޮގްރާމްގައި 20 މުވައްޒަފުން ބައިވެރިވިއެވެ. މި ޕްރޮގްރާމްގައި ފަޔަރ އެވެއާނަސް ތިއަރީ ކުލާހަކާއި ޕްރެކްޓިކަލް ކުލާހެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިގޮތުން އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ކިޔަވައިދިނުމުގެ އިތުރުން އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން މަޢުލޫމާތު ދީ އެ ތަކެތި އަމަލީ ގޮތުން ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދީފައި ވެއެވެ.

ޗައިނާ އެމްބަސީގެ މުވައްޒަފުންނަށް ހިންގި މި ޕްރޮގްރާމްގެ ކުލާސްތައް ނަގައިދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.