ދެމެހެއްޓެނިވިގޮތެއްގައި ކުދި މަސްވެރިކަން މެނޭޖް ކުރުމަށް ބާރުއެޅުމާ ގުޅޭ ހާއްސަ ބައްދަލުވުމެއް ރާއްޖެއިން ބާއްވައިފި
ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖެއިން އިސް ނަގައިގެން ދެމެހެއްޓެނިވިގޮތެއްގައި ކުދި މަސްވެރިކަން މެނޭޖް ކުރުމަށް ބާރުއެޅުމާ ގުޅޭ ހާއްސަ ބައްދަލުވުމެއް ބާއްވައިފި އެވެ.
މި ސެޝަންގައި ސަރުކާރުތަކުން، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ބައިވެރިންނާ ގުޅިގެން، ދެމެހެއްޓެނިވި ގޮތެއްގައި ކުދި މަސްވެރިކަން (އެސް.އެސް.އެފް) މެނޭޖް ކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަނީ ދިރާސާކޮށްފަ އެވެ. ކަމާބެހޭ ކޭސް ސްޓަޑީސްތަކާއި ތަޖުރިބާކާރުންގެ މަޝްވަރާތައް ވަނީ ކުރިއަށްގެންގޮސްފަ އެވެ.
މި ސެޝަންގައި ވާހަކަ ދައްކަވަމުން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ކުދި މަސްވެރިން ސިޔާސަތާއި، އިންވެސްޓްމަންޓާއި، އިނޮވޭޝަންތަކުގެ ވާހަކަ ގިނަގިނައިން ބައިނަލްއަގުވާމީ މައިދާންތަކުގައި ދައްކަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް ކުދި މަސްވެރިކަމުގެ ވާހަކަ އަންނަނީ ބައިނަލްއަގުވާމީ މިފަދަ މަޝްވަރާތަކުގެ ހަވާސާގައިކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ މިކަން ބަދަލުވާން ޖެހޭ ކަމަށެވެ. ކުދި މަސްވެރިކަން ކުރާ ފަރާތްތައް ތިބީ ސިޔާސަތުތަކާއި އިންވެސްޓްމަންޓާއި، އިނޮވޭޝަންގެ މާ ފަހަތުގައި ކަމަށާ މިކަން ބަދަލުވާން ޖެހޭ ކަމަށް ވަޒީރު ވިދާޅުވި އެވެ.
މީގެ އިތުރަށް ސައިންސާއި ޓެކްނޮލޮޖީގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށްވެސް ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޑިރެކްޓަރ ޖެނެރަލް އޮފް ކެޕްޗަރ ފިޝަރީޒް ވަނީ އަވައްޓެރި އިންޑޮނޭޝިއާގައި މަސްވެރިކަން ކުރަމުން އަންނަ ގޮތް ހިއްސާކުރައްވާފައެވެ. އަދި އެ ޤައުމުން ކޯޓާއަށް ބިނާކޮށް މަސްވެރިކަމާއި، މުޖުތަމަޢުގެ ބައިވެރިވުމާއި، އަދި ދުނިޔޭގެ ފެންވަރުގެ ބައިވެރިވުންތަކުގެ ޒަރީޢާއިން ނޫ އިޤްތިޞާދުގެ އެޖެންޑާ ކުރިއަރުވަމުންދާގޮތް ހިއްސާ ކުރެއްވި އެވެ. މިކަންކަން ބިނާވެފައިވަނީ ހެކީގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށާއި ހާމަކަން ބޮޑު އަދި ޖަވާބުދާރީވަނިވި މަސްވެރިކަމެއް ހިންގުމަށް އެހީތެރިވެދޭ ވަރުގަދަ ނިޒާމުތަކެއްގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.
މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޙުސައިން ސިނާން ވަނީ ކަނޑުމަހުގެ މަސްވެރިކަމުގެ ހިންގުމުގައި ދައުލަތުން އިސްނަގައިގެން ކުރިއަށްގެންދާ އުސޫލަށް ދިވެހިރާއްޖެއިން ދެމިހުރިކަން އަދި މިކަމުގައި ހަމަހަމަކަން އަދި ދެމެހެއްޓެނިވިކަމަށް އިސްކަންދޭކަން ފާހަގަކުރައްވާފައެވެ. އަދި ކުދި މަސްވެރިކަމުން ލިބޭ މުއްސަނދިކަން ރަށްފުށުގެ މުޖުތަމަޢުތަކަށް އިތުރަށް ހަމަހަމަކޮށް ބެހިގެންދާނެ ގޮތަކަށް، ބައިނަލްއަޤްވާމީ މާކެޓްތަކަށް ވަނުމުގެ ފުރުސަތު ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
ޑޭޓާގެ މުހިންމުކަން ފާހަގަކުރައްވަމުން، ޑރ. ސިނާނު ވިދާޅުވީ 1950 ގެ އަހަރުތަކުން ފެށިގެން ދިވެހިރާއްޖޭގައި ބަލަހައްޓަމުން އަންނަ ވަރުގަދަ މަސްރެކޯޑުތަކާއި މިހާރު ކުރިއަށްދާ ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަކީ ދުނިޔޭގައި އެންމެ ޒިންމާދާރު ގޮތެއްގައި ކުރެވޭ ކަނޑުމަހުގެ މަސްވެރިކަމުގެ ތެރެއިން އެއް މަސްވެރިކަން ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމުގައިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެރިން ބައޮލޮޖިސްޓެއް ކަމަށްވާ ޑރ. ލިލިއަން ޖޭ. އިބެންގްވެ ވަނީ ޔުނައިޓެޑް ރިޕަބްލިކް އޮފް ޓަންޒޭނިއާއިން، އެ ޤައުމުގެ އައު ފަށައިގަތުމުގެ ތަޖުރިބާ ހިއްސާކުރައްވާފަ އެވެ.
ޓެންޒޭނިއާގެ ދުނިޔޭގައި އެންމެ ފުރަތަމަ ކުދި މަސްވެރިކަމަށް ޤައުމީ ޢަމަލީ ޕްލޭނެއް (ނެޝަނަލް ޕްލޭން އޮފް އެކްޝަން) އެކުލަވާލި ޤައުމެވެ. މީގެ އިތުރުން މި އެން.ޕީ.އޯ.އޭ (ނެޝަނަލް ޕްލޭން އޮފް އެކްޝަން) އިން އެކުލެވިގެންވާ ވެރިކަން ހަރުދަނާކޮށް، ރަށްފުށުގެ މުޖުތަމަޢުތަކަށް ބާރު ދީ، އަދި އެސް.އެސް.އެފް (ސްމޯލް-ސްކޭލް ފިޝަރީޒް) ގައިޑްލައިންތައް ފުރިހަމައަށް ތަންފީޒުކުރުމަށް އެހީތެރިވެދެކަމަށް ފަހަގަކުރެއްވިއެވެ. މިއީ ޢަމަލީ ގޮތުން، ޤައުމީ ފެންވަރުގައި ކުރިއަށް ގެންދެވޭ ބަދަލު ގެނައުމުގެ ވަސީލަތްކަމަށް ޑރ. ލިލިއަން ޖޭ. އިބެންގްވެ ވިދާޅުވިއެވެ.
ޑރ. ޕީ. ކްރިޝްނަން، ބޭ އޮފް ބެންގޯލް ޕްރޮގްރާމް - އިންޓަރގަވަރމެންޓަލް އޯގަނައިޒޭޝަން (ބީއޯބީޕީ-އައިޖީއޯ) ގެ ޑިރެކްޓަރ، ބޭ އޮފް ބެންގޯލް ސަރަޙައްދުގައި ކުދި މިނުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަން އިތުރުކުރުމަށް ސަރަޙައްދީ ތަޞައްވުރެއް ހިއްސާކުރެއްވިއެވެ. އޭނާ އަލިއަޅުވާލެއްވީ ބިމާއި ވަސީލަތްތަކުގެ މިލްކުވެރިކަމުގެ ޙައްޤުތައް ކަށަވަރުކުރުމާއި، ޒުވާނުން ބައިވެރިކުރުވުމާއި، އަދި ޖިންސުގެ ހަމަހަމަކަން ކުރިއެރުވުމަކީ އިސްކަންދޭންޖެހޭ އަސާސީ ކަންތައްތަކެއްގެ ގޮތުގައެވެ. ކުރިއަށް އޮތްތަނަށް ބަލާއިރު، އޭނާ ފާހަގަކުރެއްވީ ބީއޯބީޕީ-އައިޖީއޯ އިން ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) އާ ގުޅިގެން ހުރިހާ މެމްބަރު ޤައުމުތަކެއްގައި ކުދި މިނުގެ މަސްވެރިކަމަށް ޤައުމީ ޢަމަލީ ޕްލޭންތައް އެކުލަވާލުމަށް އެހީތެރިވެދޭކަމާށާއި، ބައިނަލްއަޤްވާމީ އުޞޫލުތައް ރަށު ފެންވަރުގެ ޢަމަލީ މަސައްކަތްތަކަށް ބަދަލުކުރުމުގެ ނާޒުކު މުހިންމުކަން ކަށަވަރުކޮށްދޭކަމެއްގެ ގޮތުގައެވެ.
އެފްއޭއޯ (އދ. ގެ ކާބޯތަކެތީގެ އަދި ދަނޑުވެރިކަމުގެ ޖަމްޢިއްޔާ) ގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް، ޑރ. މެނުއެލް ބަރަންޖް، މަސްވެރި މުޖުތަމަޢުތަކުގެ ދެމެހެއްޓެނިވި ކުރިއެރުމާއި ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި އެފްއޭއޯއިން ތައްޔާރުކޮށްފައިވާ ވަސީލަތްތަކާ ބެހޭގޮތުން އަލިއަޅުވާލެއްވިއެވެ. އަދި ކުދި މިނުގެ މަސްވެރިކަމަށް ޤައުމީ ޢަމަލީ މަސައްކަތު ޕްލޭންތައް (އެންޕީއޯއޭ) އޭ) އެކުލަވާލުމަށް އެހީތެރިވުމަށް އެފްއޭއޯއިން ދެމިތިބޭނެކަމުގެ ޔަޤީންކަންދެއްވިއެވެ.
މީގެ އިތުރުން މި ބައްދަލުވުމުން ދައްކުވައިދިނީ ކުދި މިނުގެ މަސްވެރިކަން ކަނޑުގެ ވެރިކަމުގެ މައިގަނޑު ބައެއްގެ ގޮތުގައި ބެހެއްޓުމަށް ކުރެވޭ ޤައުމީ، ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގެ މަސައްކަތްތަކެއް ކަމަށެވެ. މިކަން ކުރެވެނީ ސިޔާސަތުތަކާއި، ބައިވެރިވުމާއި އަދި ޢަމަލީ މަސައްކަތްތަކުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.
މިމަސައްކަތް ކުރިއަށްގެންދިޔުމުގެ އަސާސްއަކަށް ވާންވާނީ ހަމަހަމަކަމާއި، އެކުލެވިގެންވުމާއި، އަދި ތަފާސްހިސާބުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ މައްޗަށް ކަމަށް އެކަމަނާ ވިދާޅުވި އެވެ.