މިނިސްޓަރ އާދަމް ޝަރީފް ޢުމަރު މޯލްޑިވްސް ހައުސިން އެސޯސިއޭޝަނާ ބައްދަލުކުރައްވައިފި
މިނިސްޓަރ އާދަމް ޝަރީފް ޢުމަރު މޯލްޑިވްސް ހައުސިން އެސޯސިއޭޝަނުގެ އެދިލެއްވުމަކަށް އެ އެސޯސިއޭޝަނުގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.
މިއަދު އޮތް މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ އދ. ފެންފުށިން ބަންޑާރަގޯތި ދޫކުރުމާއި ގުޅޭގޮތުންނެވެ. މިބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފް ޢުމަރުގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމް ބައިވެރިވެއްވިއެވެ.