logo
banner image

އެންޑީއޭގެ ގެ އިސްވެރިން، ވަޒީރު، ޑރ. މަރްޔަމް މާރިޔާ އާއި ބައްދަލުކުރައްވައިފި

ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ އިސްވެރިން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ފަރުވާ ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު، މުޖުތަމަޢުއަށް ނުކުންނައިރު، އެބައި މީހުންނަކީ މުޖުތަމަޢުއަށް ބޭނުންތެރި ބަޔަކަށް ހެދުމުގެ ގޮތުން ، ދިރިއުޅުމގެ ހުނަރުތައް ދަސްކޮށްދީ، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ތަފާތު ހުނަރުތައް ދަސްކޮށްދިނުމާއި، މަސައްކަތްތައް ދަސްކޮށްދީ، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް، އެކިއެކި ވުޒާރާތަކާއި އެކު ކުރެވޭ މަޝްވަރާތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވަޒީރު ޑރ. މަރްޔަމް މާރިޔާގެ އިތުރުން މިވުޒާރާގެ އިސްބޭފުޅުން ބައިވެރިވިއެވެ. އަދި ނޭޝަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއާރ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން އާއި ބޯޑު މެންބަރުން ބައިވެރިވިއެވެ.