logo
banner image

އެޑްވާންސިންގ އިކުއިޓީ އިން ސްމޯލް-ސްކޭލް ފިޝަރީޒް މަލްޓި-ސްޓޭކްހޯލްޑަރ ސްޓްރެޓެޖީސް ފޯރ ޕްރިފެރެންޝަލް އެކްސެސް އިން އެފްރިކާ އެންޑް އޭޝިއާ އިވެންޓުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

އެޑްވާންސިންގ އިކުއިޓީ އިން ސްމޯލް-ސްކޭލް ފިޝަރީޒް މަލްޓި-ސްޓޭކްހޯލްޑަރ ސްޓްރެޓެޖީސް ފޯރ ޕްރިފެރެންޝަލް އެކްސެސް އިން އެފްރިކާ އެންޑް އޭޝިއާ އިވެންޓުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިއީ ފްރާންސްގައި މިހާރު ކުރިއަށްދާ އޯޝަންސް ކޮންފަރެންސްގެ ހަވާސާގެ ތެރެއިން އެކި ގައުމުތަކުގެ މެދުގައި ކުރިއަށްދިޔަ ބައްދަލުވުމެކެވެ.

ކުދި މަސްވެރިންނަށް ޕްރިފަރެންޝަލް އެކްސެސް އޭރިއާ (ޕީއޭއޭ) ރައްކާތެރިކޮށް، ސަގާފީ މަސްވެރިކަމުގެ ސަރަހައްދުތައް ހިމާޔަތްކޮށް، ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާއިރު ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގާނޫނުތަކާއި ތިމާވެށީގެ ސިޔާސަތާއި ސްޕޭޝަލް ޕްލޭނިން އަދި މަސްވެރިކަމަށް ބަރޯސާވާ ޑޭޓާ ބޭނުން ކުރަމުންދާ ގޮތް މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ވަނީ ހިއްސާކޮށްފަ އެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސައިން ޝަރީފް އެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސައިން ޝަރީފް ވިދާޅުވީ ޕްރެފެރެންޝަލް އެކްސެސް އޭރިއާތަކަކީ ހަމައެކަނި ޖާގައެއް ނޫން ކަމަށެވެ. އިޖުތިމާއީ ހަމަހަމަކަމާއި މޫސުމަށް އަންނަ ބަދަލުތަކުގައި ދިވެހިރާއްޖޭގެ ދައުރު ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ އެއީ ސަގާފަތާއި ދިރިއުޅުމާއި ބަދަލުވަމުން އަންނަ ކަނޑަކަށް އެޑެޕްޓްވުމުގެ ގާބިލްކަން އިތުރުކުރުމާ ރައްކާތެރިކުރުން ކަމަށެވެ.

މީގެއިތުރަށް އެސްއެސްއެފް ގައިޑްލައިންގެ އުސޫލުތަކާއި ސިޔާސަތާއި އަމަލީ ގޮތުން އިތުރަށް ކުރިއަރުވައި އެސްއެސްއެފް އަށް ނޭޝަނަލް ޕްލޭން އޮފް އެކްޝަން އެކުލަވާލަން ދިވެހިރާއްޖެއިން ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސައިން ޝަރީފް ވިދާޅުވި އެވެ.