ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަރ ފޯ ވައިލްޑްލައިފްގެ ސީއީއޯ އާއި ވަޒީރު ބައްދަލުކުރައްވައިފި
މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަރ ފޯ ވައިލްޑްލައިފްގެ ސީއީއޯ ޑރ.މުހައްމަދު ޤުރުބާން އާއި ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ފްރާންސްގައި މިހާރު ކުރިއަށްދާ އޯޝަންސް ކޮންފަރެންސްގެ ހަވާސާގެ ތެރެއިންނެވެ.
މި ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ދެ ގައުމު ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ކޮރަލް ރީފް ރިސްޓޯރޭޝަންގެ މަސައްކަތްތައް ސްކޭލް އަޕް ކުރުމާއި މެރިކަލްޗަރ އިންވެސްޓްމަންޓް ހޯދުމުގެ މައްޗަށެވެ.
މަސްވެރިކަމާއި މޫސުމަށް އަންނަ ބަދަލުތަކަށް އެހީތެރިވުމާ މަސައްކަތްތަކަށް ސައުދީއަރަބިއްޔާ އިން ދިވެހިރާއްޖެއަށް ދެމުންގެންދާ އެހީތެރިކަމަށް މިނިސްޓަރު މަރުހަބާ ވިދާޅުވެ، ޝުކުރު އަދާކުރެއްވިއެވެ.