ދެމެހެއްޓެނިވި މަސްވެރިކަމުގެ މުސްތަގުބަލަށް ދިވެހިރާއްޖެއިން ދަނީ ނަމޫނާ ދައްކަމުން: ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސައިން ޝަރީފް
ދެމެހެއްޓެނިވި މަސްވެރިކަމުގެ މުސްތަގުބަލަށް ދިވެހިރާއްޖެއިން ދަނީ ނަމޫނާ ދައްކަމުން ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ.
އޯޝަންސް ކޮންފަރެންސް 3 ގެ އޯޝަން އެކްޝަން ޕެނަލް 5 އޮން ފޯސްޓަރ ސަސްޓެއިނަބަލް ފިޝަރީޒް މެނޭޖްމަންޓްގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު އާމިނަތު ހުސެއިން ޝަރީފް ވަނީ ދުނިޔޭގެ އެންމެ ދެމެހެއްޓެނިވި މަސްވެރިކަމުގެ މުސްތަގުބަލަށް ދިވެހިރާއްޖެ އިން ސަގާފަތާއި ޓެކްނޮލޮޖީ ގުޅުވައިގެން ކުރަމުން އަންނަ މަސައްކަތް ހިއްސާކުރައްވާފައެވެ.
ދެމެހެއްޓެނިވި މަސްވެރިކަމުގެ މުސްތަގުބަލަށް މަސްވެރިކަމުގެ އުކުޅުތައް ގެންގުޅުމާއި އާރުއެސްޑަބްލިއު ސިސްޓަމްތަކާއެކު ފްލީޓްތައް އަޕްގްރޭޑް ކުރުމުން ފެށިގެން ޑޭޓާ ޑިޖިޓަލައިޒްކޮށް އިލެކްޓްރޯނިކް މޮނިޓަރިންއަށް އިންވެސްޓް ކުރުމާ ހަމައަށް ދިވެހިރާއްޖެއިން ދަނީ ނަމޫނާ ދައްކަމުން ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ކަނޑާ މަސްވެރިކަމުގެ މުސްތަގުބަލު ބައްޓަންކުރުމުގައި ސައިންސާއި އިނޮވޭޝަން އަދި ސަރަހައްދީ އެއްބާރުލުމުގެ މުހިންމުކަން ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސައިން ޝަރީފް ފާހަގަކުރެއްވި އެވެ.