logo
banner image

އިންޑޮނޭޝިއާގެ ފިޝަރީސް މިނިސްޓަރާ، މިނިސްޓަރ ޝިޔާމް ބައްދަލުކުރައްވައިފި

މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އިންޑޮނޭޝިއާގެ މެރިޓައިމް އެފެއާޒް އެންޑް ފިޝަރީސް މިނިސްޓަރާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ފްރާންސްގައި މިހާރު ކުރިއަށްދާ އޯޝަންސް ކޮންފަރެންސްގެ ހަވާސާގެ ތެރެއިންނެވެ.

މި ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނާއި އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގެ ތެރެއިން ދެ ގައުމު ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާ އެއްބާރުލުން ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި އިންޑޮނޭޝިއާގެ މެރިޓައިމް އެފެއާޒް އެންޑް ފިޝަރީސް މިނިސްޓަ ވަނީ އިންޑޮނޭޝިޔާއިން މެރިކަލްޗަރގެ ދާއިރާއިން ކެޕޭސިޓީ ބިނާކުރުމުގައި ދިވެހިރާއްޖެއަށް އެހީތެރިކަމާ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ޚާއްސަ މެރިކަލްޗާ ޒޯންތައް ތަރައްގީކޮށް ފޮރިން އިންވެސްޓްމަންޓަށް ހިތްވަރުދީ މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ތަސައްވުރު މިނިސްޓަރ ޝީޔާމް ވަނީ ހިއްސާކުރައްވާފައެވެ.

ރާއްޖޭގައި އިންވެސްޓްމަންޓްގެ ފުރުސަތުތަކާއި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ބައްލަވާލެއްވުމަށް މިނިސްޓަރ ޝިޔާމް ވަނީ އިންޑޮނޭޝިއާގެ ފިޝަރީޒް މިނިސްޓަރަށް ދައުވަތުއަރުވާފަ އެވެ.