logo
banner image

އައްޑޫ ސިޓީ މީދޫގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމާ ގުޅެގޮތުން މަޝްވަރާކުރައްވައިފި

އައްޑޫ ސިޓީ މީދޫގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އައްޑު މީދޫ ދާއިރާގެ ކައުންސިލް މެމްބަރު މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި އެވެ.

މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އައްޑޫ ސިޓީ މީދޫ ދާއިރާގެ ކައުންސިލް މެމްބަރުންނާއި ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުއްތަލިބް ގެއިތުރުން ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޔާމީން ބައިވެރިވެވަޑައިގެންނެވި އެވެ.

‏މި ބައްދަލުވުމުގައި، އައްޑޫ މީދޫގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ކައުންސިލް މެމްބަރު އާމިނަތު ސާލިހާ ވަނީ ހިއްސާކުރައްވާފަ އެވެ.

އައްޑޫ މީދޫ ސަރަޙައްދުގައި ކަނޑައިގެން ގޮސްފައިވާ ވަދު ކަނދުފަތި އަދި ދޮށީގެ ކަނދުފަތީގެ މައްސަލަ ޙައްލުކޮށްދިނުމަށް ކައުންސިލް މެމްބަރު އައިމިނަތު ސާލިހާ ވަނީ އެދިވަޑައިގެންފަ އެވެ.

މީގެއިތުރުން ހުޅުމީދޫ މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އަދި މި ސަރަހައްދުގައި މަސްވެރިކަމުގެ ދާއިރާއިން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި އެވެ.

އައްޑޫ މީދޫ ދާއިރާގެ ކައުންސިލް މެމްބަރު އައިމިނަތު ސާލިހާ އެދިވަޑައިގެންނެވިގޮތަށް އެ ސަރަހައްދުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމާސް މިނިސްތްރީން މަސައްކަތް ކުރައްވާނެ ކަމަށް ސްޓޭޓް މިނިސްޓަރ އަހުމަދު މުއްތަލިބް ވަނީ ވިދާޅުވެފަ އެވެ.