ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތުން ލައިބާ ހޯދި ކާމިޔާބަށް ރައީސް މަރުހަބާ ދަންނަވައިފި
އަރުމޭނިއާގައި ކުރިޔަށް ދިޔަ ޖޫނިއަރ ބެޓްމިންޓަން މުބާރާތުން ރާއްޖޭގެ ލައިބާ އަޙްމަދު މަޚްލޫފް ތިން ރަން މެޑަލް ހޯދުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުހަބާ ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޙުނިޔާ މެސެޖުގައި ވިދާޅުވީ، ލައިބާއަކީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށެވެ. އަދި ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް އެދިވަޑައިގެން ރައީސް ވަނީ ހިތްވަރު ދެއްވާފައެވެ.
މި މުބާރާތުގައި ލައިބާ ވަނީ އޭނާ ވާދަކުރި ވާދަކޮށްފައިވަނީ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުގައެވެ.
"އަރުމޭނިއަން ޔޫތް އޯޕަން 2025" ގެ ތިން ކެޓަގަރީއެއްގައި ވާދަކޮށް ލައިބާ މި ހޯދި ކާމިޔާބަކީ ޖޫނިއަރ ބެޑްމިންޓަން މުބާރާތެއްގައި ރާއްޖެއަށް ނިސްބަތްވާ ކުޅުންތެރިއަކު ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ.
ބައިނަލްއަގްވާމީ މުބާރާތްތަކުގައި އަމިއްލަގޮތުން ވާދަކުރަމުން އަންނަތާ މިހާރު ތިން އަހަރުވެފައިވާ ލައިބާ ވަނީ ޔޫރަޕްގެ އެކި މުބާރާތްތަކުގައި ވާދަކޮށް 5 ރިލި މެޑަލް އަދި 15 ލޯ މެޑަލް ހޯދާފައެވެ.