logo
banner image

އަޟްޙާ ޢީދުގެ އުފަލުގައި ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންނަށް ޖަމުއިއްޔާތަކުގެ ފަރާތުން ޢީދު ހަދިޔާ ހަދިޔާކުރައްވައިފި

ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފަލުގައި އެހީ ޖަމިއްޔާ، އިންޓާރނޭޝަނަލް އެއިޑް ކެމްޕެއިން، އަދި އަލް އަސްރު ގެ ފަރާތުން ހުޅުމާލޭގެ ފިޔަވަތީގައި ބަލަހައްޓަމުންދާ ހުރިހާ ކުދިންނަށް ޢީދު ހަދިޔާ އަދި ޢީދު ކެއުން ހަދިޔާކުރައްވައިފިއެވެ.

މި ހަރަކާތުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި، ފިޔަވަތި މެނޭޖްމަންޓުގެ ފަރާތުން ދެއްވި އެއްބާރުލުމަށް އެހީ ޖަމިއްޔާއިން ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް މި ޖަމުއިއްޔާ ތަކުގެ ފަރާތުން އިތުރު އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވެސް އެހީ ޖަމިއްޔާއިން ވަނީ ފާހަގަކުރައްވާފައެވެ.

އަޟްހާ ޢީދާއި ދިމާކޮށް ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ވެސް ޝާމިލުވާނެހެންވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުން އިސްނަންގަވައިގެން ވެސް ވަނީ މި ކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.