logo
banner image

މަލިކު ދަނޑި ކީ ނަމަވެސް, މިއީ މަލިކު ކުޅިވަރެއް ކަމެއް ތާރީޚުން ފެންނާކަށް ނެތް ކަމަށް ކެލާ ރައްޔިތުން އެއްބަސް ވޭ.

މި ފަހަރުގެ ޢީދުގައި ހއ. ކެލައިން ފެނުނު އެންމެ ހިތްގައިމު އެއް ކުޅިވަރު. "މަލިކު ދަނޑި" އަކީ ކެލާ ނޫން ރާއްޖޭގެ އިތުރު އެއްވެސް ރަށަކުން ޖަހާ ދަނޑިއެއް ނޫން ކަމަށްވާ އިރު, އީދު މަހާސަމާ 1446 ގެ ޝަރަފުވެރި މެހެމާނު ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުالله ނާޡިމް އިބްރާހީމްގެ ޝަރަފުގައި, އަދި މި ބޮޑު ޢީދުގެ ފޯރީގައި ކެލާ ޔޫތު ފޯރަމުން ވަނީ މި ކުޅިވަރު ދައްކާލައިފައެވެ.

ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔަ މި ކުޅިވަރަށް މިހާރު ގަރުނަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ކެލާ ރައްޔިތުން ބުނޭ. މަލިކު ދަނޑީގެ ދެ ވައްތަރު ދަނޑިއެއް ޖަހާ އުޅޭ. އެއީ ކުރުދަނޑި އަދި ދިގުދަނޑި ނުވަތަ މާލި ދަނޑި. މަލިކު ދަނޑީގައި ކިޔާ ލަވަތަކުގައި ކިޔާ އަޑު އިވުނީ "މުޑި ފޯ, މުޑި ފޯ, އެވާ މުޑި ފޯ, މުޑި ފޯ ލަންޑޭ އެވާ ލަންޑޭ, ލަންޑޭ އަބުޑޭ އެވާ އަބުޑޭ" އެވެ.

މިއީ ބަލައިލަން ވެސް ހިތްގައިމު ކުޅިވަރެއް.